އދ. ގެ މައި މަރުކަޒުގައި ރާއްޖޭގެ ތުނޑު ކުނަލެއް ޑިސްޕްލޭކޮށްފި
އަދަދު
20 މާރިޗު 2026 | ހުކުރު | 9:46
އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ރާއްޖޭގެ ތުނޑު ކުނަލެއް މިއަދު ބަހައްޓައިފި އެވެ.
އދ. ގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތުނޑު ކުނާ އިފްތިތާހުކޮށްދެއްވީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު އެވެ.
މި ތުނޑު ކުނަލަކީ ރާއްޖެއިން އދ. ގެ މައި މަރުކަޒަށް ހަދިޔާކުރި ހަނދާނީ ހަދިޔާއެކެވެ.