ގ. ހިޔާ ރޯދީގައި ރޯވުމުގެ ކުޑަ އިރުކޮޅެއް ކުރިން މީހަކު އެގެއަށް ވަން
އަދަދު
20 މާރިޗު 2026 | ހުކުރު | 7:34
ފަޅަށް އޮތް ގ. ހިޔާ ރޯދީގައި މިދިޔަ ބުދަ ދުވަހު ރޯވުމުގެ ހައެއްކަ މިނެޓު ކުރިން މީހަކު އެ ގެއަށް ވަން ކަން ސީސީޓީވީ ފުޓޭޖުން ހާމަވެއްޖެ އެވެ.
އަދަދު އަށް ލިބިފައިވާ ވީޑިއޯއިން ފެންނަނީ ކަޅު ކުލައިގެ ވޭވް ސައިކަލެއްގައި އައި މީހަކު ވެހިކަލް ޕާކު ކުރުމަށްފަހު އެ ގެއަށް ވަންނަ މަންޒަރެވެ. އޭނާ ހުރީ ކަޅު އަވި އައިނެއް އަޅައިގެން ހުދާއި ކަޅު ކުލައިގެ ގަމީހެއް ލައިގެންނެވެ.
މި ނޫހާ ވާހަކަ ދައްކަމުން އެ ގޭގެ ވެރި ފަރާތް، އާދަމް ސަލީމް ބުނީ ހިޔާ ރޯދީގައި ރޯކޮށްލީ ކަމެއް ނުވަތަ ރޯވީކަމެއް ޔަގީންކަމާއެކު ބުނަން އޭނާއަށް ނޭނގޭ ކަމަށެވެ. ނަމަވެސް ހުޅު ހިފުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އެ ގެއަށް މީހަކު ވަދެފައިވާތީީ ހާދިސާ ހިނގި ގޮތާމެދު ޝައްކުތަކެއް އެބަހުރި ކަމަށް އޭނާ ބުންޏެވެ.