ލޯންޗު އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި އިންޑިއާގެ ބިލިއަނަރު ގޯތަމް ސިންގްހާނިއާ ހިމެނޭ

އަދަދު

20 މާރިޗު 2026 | ހުކުރު | 9:20

ވާވު އަތޮޅުގައި ރޭ ދަންވަރު ހިނގި ކަނޑުމަތީގެ އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި އިންޑިއާގެ ބިލިއަނަރު ގޯތަމް ސިންގްހާނިއާ ހިމެނޭކަން އަދަދު އަށް ކަށަވަރުވެއްޖެ އެވެ.

ރޭމަންޑް ޓެކްސްޓައިލްސްގެ ވެރިޔާ ގޯތަމް ސިންގްހާނިއާ, 60, އަށް އަނިޔާވީ ލޯންޗެއް ބަންޑުން ޖަހާލައިގެން ރޭ ދަންވަރު 1:15 ހާއިރު ހިނގި ހާދިސާގަ އެވެ. ބަންޑުން ޖަހާލީ އޭނާގެ ޔޮޓު، ޓީޓީ އަޝޭނާގައި ބޭނުންކުރާ ލޯންޗެކެވެ. އެ ހާދިސާގައި ދެ މީހަކު ގެއްލިގެން އެމީހުން ހޯދުމުގެ މަސައްކަތް ސިފައިން ދަނީ އަދިވެސް ކުރަމުންނެވެ.

އިތުބާރު ހުރި މަސްދަރުތަކުން މި ނޫހަށް އެނގިފައިވާ ގޮތުގައި ބަންޑުން ޖަހާލީ ވަރަށް ބާރު ސްޕީޑެއްގައި ދުއްވަން ތައްޔާރުކޮށްފައި ހުންނަ ސިނގިރެޓު ރޭސިންގެ ލޯންޗެކެވެ. ބަންޑުން ޖަހާލި އިރު އެ ލޯންޗު ދުއްވަން އިނީ ވެސް ގޯތަމް ސިންގްހާނިއާ ކަން މި ނޫހަށް މައުލޫމާތު ލިބެ އެވެ.

މައުޟޫޢުތަށް