އިރާން ހަނގުރާމައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުމަށް 241 ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިދޭން އެދިއްޖެ
އަދަދު
22 މާރިޗު 2026 | އާދިއްތަ | 1:01
އެމެރިކާ އާއި އިޒްރޭލުން އިރާނަށް ބޮން އަޅައި ފެށި ހަނގުރާމައާ ގުޅިގެން ކުރިއާލައި އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުމެއް ބާއްވައިދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިއްޖެ އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ފޮނުވި ސިޓީއެއްގައި ކުޑޫ ވިދާޅުވި ގޮތުގައި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަސަރުތަކެއް ވަނީ ކުރަން ފަށާފަ އެވެ. އޭނާ ވަނީ ތެލާއި، ގޭހާއި، ބޭހާއި، ކާބޯތަކެއްޗަށް ކުރަން ޖެހޭ ހަރަދުތައް ހަމަޖެއްސުމާމެދު ފާހަގަކުރެވޭ ބައެއް ކަންކަން ވެސް އެ ސިޓީގައި ހިމަނާފަ އެވެ.
އޭގެ ތެރޭގައި ތެލުގެ އަގު 112 ޑޮލަރަށް ވުރެ ބޮޑުވެފައިވުމާއެކު ކުރިއަށް 30 މިލިއަން ޑޮލަރު ހޭދަކުރި ތެޔޮ ބިލަށް މިހާރު 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ކުޑޫ ވަނީ ލަފާކޮށްފަ އެވެ.