ވައިގެ މަގުން ރާއްޖެ އެތެރެކުރި 11 ކިލޯގެ ޑްރަގް އަތުލައިގަނެފި

އަދަދު

22 މާރިޗު 2026 | އާދިއްތަ | 9:06

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިދިޔަ ހުކުރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަނެފި އެވެ.

ކަސްޓަމްސް އިން ބުނީ އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ފަސް ކިލޯއަށްވުރެ ގިނަ ކެނެބިސް ފަތުގެ އިތުރުން ހަ ކިލޯއަށްވުރެ ގިނަ ހަޝިޝް އޮއިލް ހިމެނޭ ކަމަށެވެ.

އަތުލައިގަތް ކެނެބިސް ފަތާއި ހަޝިޝް އޮއިލްގެ މަގުމަތީ އަގު 9.6 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް ކަސްޓަމުން ބުންޏެވެ.

މައުޟޫޢުތަށް