ހުލާސާކޮށް އިއްޔެ: އާމްދަނީ ދަށަށް ދާއިރު ވެސް ހަރަދު ކުޑަކުރުމުގެ މާ ބޮޑު ޝައުގެއް ނެތް
އަދަދު
23 މާރިޗު 2026 | ހޯމަ | 7:28
މެދުއިރުމަތީގައި ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން ހަރަދު ކުޑަކުރުމުގެ ގިނަ ފިޔަވަޅުތަކެއް ގައުމުތަކުން އަޅަމުންދާ ދަނޑިވަޅެއްގައި ރާއްޖޭން ވެސް ހަނގުރާމަ ދިގުލައިގެން ދާނެ ކަމަށް ބެލި ނަމަވެސް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމުގައި ސަރުކާރުން އަދިވެސް ފަހަތު ފިޔަވަޅަށް ބުރަވަމުންދާކަން ހާމަވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އެމެރިކާ އާއި އިޒްރޭލުން އިރާނަށް ބޮން އަޅަން ފެށިތާ 23 ދުވަސް ފާއިތުވެފައިވާއިރު ދިވެހި ސަރުކާރުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަމުން ނުދާތީ އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހަނގުރާމައާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ވަޒީރުން ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ސަރުކާރުން މި ހަނގުރާމަ ދިގުލައިގެންދާނެ ކަމަށް ދެކޭކަން ވަނީ ހާމަކޮށްފަ އެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި މިވަގުރު ހަނގުރާމަ ހުރީ "ކުއްލިއަކަށް ނިމޭ ޓްރެޖެކްޓަރީއެއްގައެއް ނޫނެވެ".