އަރަބި ގައުމުތަކުގައި އެމެރިކާއިން ގާއިމުކޮށްފައިވާ އަސްކަރީ ބޭސްތަކަށް ހަމަލާދޭން ރައީސް ހިތްވަރު ދެއްވައިފި
އަދަދު
23 މާރިޗު 2026 | ހޯމަ | 11:39
އެމެރިކާއިން ގަލްފުގެ އަރަބި ގައުމުތަކުގައި ގާއިމުކޮށްފައިވާ އަސްކަރީ ބޭސްތަކަށް އިރާނުން ހަމަލާ ދިނުމަށް ރައީސް މުހައްމަދު މުއިއްޒު ހިތްވަރުދެއްވައިފިި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އަރަބި ގައުމުތަކުގެ ރައްޔިތުންނަށް ގެއްލުންނުވާ ގޮތަށް އެ ގައުމުތަކުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް އިރާނުން ހަމަލާދިނުމަކީ އެމަނިކުފާނު ތާއީދު ކުރައްވާ ސިޔާސަތެއް ކަމަށެވެ.
"މި ހަނގުރާމަ ކުރާ ދެ ފަރާތަށް، އިރާނަށް ހަމަލާ ދޭ އެމެރިކާ އާއި އިޒްރޭލުގެ ތަންތަނަށް [އަސްކަރީ ބޭސްތަކަށް] އެ ސަރަހައްދުގެ މުސްލިމުންނަށް ގެއްލުން ނުވާ ގޮތަށް އެކަން ހިނގުމަކީ ކަން ނޭނގެ މިކަން ވާން ޖެހޭނެ ގޮތަކީ. އެއީ ދިވެހި ސަރުކާރުގެ ސިޔާސަތަކީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.