ހަނގުރާމައިގައި ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަން އެދުނުކަން ސިފައިންގެ ވެރިޔާއަށް އެނގިވަޑައިނުގަންނަވާ!
އަދަދު
23 މާރިޗު 2026 | ހޯމަ | 8:49
އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ފަށައިގެން އުޅޭ ހަނގުރާމައިގައި ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަން ގައުމަކުން އެދިފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަން އެދިފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއިރު، ބައެއް ގައުމުތަކުން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދައަށް އެދުނުކަން ހާރިޖީ ވަޒީރު އަބްދުﷲ ހަލީލް އިއްޔެ ވަނީ ހާމަ ކުރައްވައިފަ އެވެ.
އެކަމަކު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަން އެދިފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.