ހަނގުރާމައިގެ އަސަރު ރައްޔިތުންނަށް ކުރަމުންދާއިރު މަޖިލިސް ވާކޮށްލައި، ޕީއެންސީ އުޅެނީ ކެމްޕޭނުގައި: މީކާއިލް

އަދަދު

23 މާރިޗު 2026 | ހޯމަ | 1:51

އެމެރިކާ އާއި އިޒްރޭލް އިސްވެ އޮވެ، އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސީދާ އަސަރު ދިވެހީންނަށް ކުރަމުންދާއިރު، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ މަތިކޮށްފައިވާ ރައްޔިތުންގެ މަޖިލިސް އޮތީ ވާކޮށްފައި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި މީކާއިލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް ގަވާއިދުގެ ދަށުން ބާއްވަން ލާޒިމުކުރާ ޖަލްސާތައް ނުބާއްވައި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުން އުޅުއްވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނުގައި ކަމަށެވެ.

"ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭގެ އާންމު ރައްޔިތުންނަށް ފޯރަމުންދާއިރު، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮތް ރައްޔިތުންގެ މަޖިލިސް ވާކޮށްލައި، ގަވާއިދުގެ ދަށުން ބާއްވަން ލާޒިމް ޖަލްސާތައް ނުބާއްވާ، ޕީއެންސީ އޮތީ ކެންޕޭނަށް ހުސްވެ،" މީކާއިލް ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

މައުޟޫޢުތަށް