ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ނަގަނީ؛ "ބަދަލުގެ ގޮތުގައި ބައިތުލްމާލުން އެއްވެސް ފައިސާއެއް ނުދޭނެ"

އަދަދު

24 މާރިޗު 2026 | އަންގާރަ | 8:18

ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ އެއާ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ގދ. ކާޑެއްދޫ އެއާޕޯޓު އަނބުރާ ސަރުކާރަށް ހޯދުމުގެ މަސައްކަތް ކުރަމުންދަނީ، ދައުލަތުން ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ދޭން ނުޖެހޭ ގޮތަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓު ވިލާގެ އަތުން ހޯދުމުގައި ދައުލަތަށް އެއްވެސް މާލީ ބުރައެއް އުފުލަން ނުޖެހޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރަމުންދާ ކަމަށެވެ.

މިގޮތުން، އޮޑިޓާ ޖެނެރަލްގެ އިތުރުން ބަންޑާރަ ނައިބުގެ ގާނޫނީ ލަފާވެސް ހޯދައި، ސަރުކާރަށާއި ވިލާ ކުންފުންޏަށް ވެސް ފައިދާވާނެ ގޮތަކަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް