އެލާޖިކްވެގެން ފަރުވާ ދެމުންދަނިކޮށް ދާންދޫ އަންހެނަކު ނިޔާވެއްޖެ

އަދަދު

24 މާރިޗު 2026 | އަންގާރަ | 7:56

ގއ. ދާންދޫގައި އެލާޖިކްވެގެން ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް، އެ ރަށު އަންހެނަކު ރޭ ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ދާންދޫ، ވިނަމަތީ، އާއިޝަތު އިބްރާހިމް، 41، އެވެ.

ދާންދޫ ކައުންސިލްގެ ރައީސް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައިޝަތު ނިޔާވީ ރޭގެ ވަގުތެއްގައި އެލާޖިކް ވެގެން ދާންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް ކަމަށެވެ.

މައުޟޫޢުތަށް