ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުއްޝަކޫރު އަބްދުﷲ ނިޔާވެއްޖެ
އަދަދު
24 މާރިޗު 2026 | އަންގާރަ | 11:20
ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުއްޝަކޫރު އަބްދުﷲ މިއަދު ނިޔާވެއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އަބްދުއްޝަކޫރު އަބްދުﷲ ނިޔާވީ އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯދަމުން ގެންދަވަނިކޮށެވެ.
އަބްދުއްޝަކޫރު އަބްދުﷲ ޕޮލިހުގެ ޑެޕިއުޓީ ކޮމިޝަނާގެ މަގަމާ ހަވާލުވުމުގެ ކުރިން ރާއްޖޭގައި އުފެއްދި ފުރަތަމަ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުގެ އިސްވެރިޔަކަށް ހުންނެވި އެވެ.