ޑޮލަރު އަގުބޮޑުވުމުން ސައީދު އަދިވެސް ކުށްވެރި ކުރަނީ ކުރީ ސަރުކާރު
އަދަދު
24 މާރިޗު 2026 | އަންގާރަ | 7:09
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމުން ޑޮލަރުގެ އަގު ތިރިކުރާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު ސައީދު ދެއްވިތާ ދެ އަހަރު ފަހުން ވެސް، ޑޮލަރު އަގު އުފުލިފައި ހުރީ ކުރީ ސަރުކާރާ ހެދި ކަމަށް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ ޑޮލަރުގެ މައްސަލައަކީ ކުރީ ސަރުކާރުން މި ސަރުކާރަށް ވާރުތަވި މައްސަލައެއް ކަމަށާއި ހުރިހާ ގޯހެއް ހެދީ ކުރީ ސަރުކާރުން ކަމަށެވެ.
"ޑޮލަރުގެ އަގުގެ ވާހަކަ އަބަދުވެސް ދައްކާ ވާހަކައެއް ތިއީ ދެއްތޯ. އެހެން ނަމަވެސް ވަރަށް ފަރުވާތެރިކަމާ އެކު ރާއްޖޭގެ އިގްތިސޯދު މެނޭޖު ކުރަމުން މި ސަރުކާރުން ގެންދަނީ. އަޅުގަނޑުމެންނަށް ވާރުތަވި ބޮޑެތި މައްސަލަތައް،" ސައީދު ވިދާޅުވި އެވެ.