ގައުމީ ސަލާމަތަށްޓަކައި ކަމަށް ބުނެ އެމެރިކާއާއެކު ޣައްސާން ކުރި މަޝްވަރާތައް ސިއްރުކޮށްފި

އަދަދު

24 މާރިޗު 2026 | އަންގާރަ | 2:09

ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ރާއްޖެއަށް ފޮނުއްވި މަންދޫބު ސާޖިއޯ ގޯއާއެކު ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ކުރެއްވި މަޝްވަރާތައް ހާމަކުރެވެން ނެތް ކަމަށް ސަރުކާރުން ބުނެފި އެވެ.

ޓްރަމްޕުގެ އެޑްވައިޒަރު އަދި ސައުތު އަދި ސެންޓްރަލް އޭޝިއާއަށް ކަނޑައަޅާފައި ހުންނަ މަންދޫބު ގޯ ވަނީ ޣައްސާންގެ އިތުރުން ހާރިޖީ ވަޒީރު އަބްދުﷲ ހަލީލުއާ ބައްދަލު ކުރައްވައިފަ އެވެ. އެ ދެ ބައްދަލުވުން ވެސް ކުރިއަށްގެންދިޔައީ ވެރި ރަށް މާލޭގައި އިއްޔެ އެވެ.

އަދަދު އާ ވާހަކަ ދައްކަމުން ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނަކު ބުނީ، ގޯއާއެކު ޣައްސާން ކުރެއްވި މަޝްވަރާތައް ހާމަކޮށްފި ނަމަ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އެހެންކަމުން އެ މަޝްވަރާތަކުގައި ދެއްކި ވާހަކަތައް ހާމަކުރެވެން ނެތް ކަމަށް އޭނާ ބުންޏެވެ.

މައުޟޫޢުތަށް