ވައިގެ ސަރަހައްދު ބޭނުންކުރަން އެދުނުކަން ސިއްރުކުރުން؛ އެއްބައެއްގެ ނަޒަރުގައި ދޮގެއް، މައްސަލަ 241 ކޮމިޓީއަށް

އަދަދު

24 މާރިޗު 2026 | އަންގާރަ | 7:38

އެމެރިކާ އާއި އިޒްރޭލު އިސްވެ އޮވެ، އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައަށް އެދުނުކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

އިރާން ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދުގެ ބޭނުންކުރުމުގެ ހުއްދައަށް ބައެއް ގައުމުތަކުން އެދުނުކަން ހާރިޖީ ވަޒީރު އަބްދުﷲ ހަލީލް ހާމަކުރެއްވީ މިދިޔަ އާދީއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ނަމަވެސް، އެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅޭގޮތުން އަދަދުއާ ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ ހަނގުރާމައެއްގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައަށް އެދުމަކީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއް ކަމަށެވެ. އެފަދަ މައުލޫމާތެއް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ނުކޮށް އޮތުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް