ހުލާސާކޮށް އިއްޔެ: ރާއްޖެ-އެމެރިކާ ބައްދަލުވުމުގެ މަޝްވަރާތައް ސިއްރުކޮށްފި

އަދަދު

25 މާރިޗު 2026 | ބުދަ | 6:29

ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ރާއްޖެއަށް ފޮނުއްވި މަންދޫބު ސާޖިއޯ ގޯއާއެކު ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ކުރެއްވި މަޝްވަރާތައް ހާމަކުރެވެން ނެތް ކަމަށް ސަރުކާރުން ބުނެފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ޓްރަމްޕުގެ އެޑްވައިޒަރު އަދި ސައުތު އަދި ސެންޓްރަލް އޭޝިއާއަށް ކަނޑައަޅާފައި ހުންނަ މަންދޫބު ގޯ ވަނީ ޣައްސާންގެ އިތުރުން ހާރިޖީ ވަޒީރު އަބްދުﷲ ހަލީލުއާ ބައްދަލު ކުރައްވައިފަ އެވެ. އެ ދެ ބައްދަލުވުން ވެސް ކުރިއަށްގެންދިޔައީ ވެރި ރަށް މާލޭގައި ހޯމަ ދުވަހު އެވެ.

އަދަދު އާ ވާހަކަ ދައްކަމުން ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނަކު ބުނީ، ގޯއާއެކު ޣައްސާން ކުރެއްވި މަޝްވަރާތައް ހާމަކޮށްފި ނަމަ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އެހެންކަމުން އެ މަޝްވަރާތަކުގައި ދެއްކި ވާހަކަތައް ހާމަކުރެވެން ނެތް ކަމަށް އޭނާ ބުންޏެވެ.

މައުޟޫޢުތަށް