އުނގޫފާރަށް ދިން އުނގުލަށް އެހެން ރަށެއްގެ ބަޔަކު އެރުން މަނާކޮށްފި

އަދަދު

24 މާރިޗު 2026 | އަންގާރަ | 11:41

ރ. އުނގޫފާރު ރައްޔިތުން އެކިކަހަލަ މަސައްކަތް ކުރަން، އެ ރަށުގެ އިހުތިސޯސްގެ ތެރޭގައި ހިމަނާފައިވާ އުނގުލަށް އެރޭނީ އުނގޫފާރުގެ ރަށްވެހިންނަށާއި ރަށްވެއްސަކާއި ކައިވެނިކޮށްގެން އުނގޫފާރުގައި ދިރިއުޅޭ މީހުންނާއީ މީހުންގެ ދަރިންނަށް އެކަނި ކަމަށް ބުނެ އުނގޫފާރު ކައުންސިލުން މިއަދު އިއުލާނެއް ނެރެފި އެވެ.

އުނގޫފާރާ ގާތްގަނޑަކަށް ދެ ކިލޯމީޓަރު ދުރުގައި އޮންނަ އުނގުލަށް އަރާ ފޭބުމާ ގުޅޭ ގޮތުން ރަށު ކައުންސިލުން ކުރި އިއުލާނުގައި ވަނީ ކައުންސިލުން އުނގުލުއާ މެދު އަމަލުކުރާނެ ވަކި އުސޫލެއް ކަނޑައަޅާ ނިމެންދެން އެ ރަށަށް އަރާ ފޭބުމުގައި އަމަލުކުރާނީ އެ އިއުލާނުގައި ބަޔާންކޮށްފައިވާ އުސޫލާ އެއް ގޮތަށް ކަމަށެވެ.

އެހެން ރަށެއްގެ ބަޔަކަށް އުނގުލަށް ނޭރޭ ގޮތަށް ހެދިއިރު، އުނގޫފާރު ރައްޔިތުންނަށް ވެސް ދުރާލާ ކައުންސިލުގެ ހުއްދަ ނުނަގާ ރަށަށް ނޭރޭ ގޮތް ހަދާފަ އެވެ. އެ ރަށު މީހުން ވެސް ޖެހެނީ ދުރާލާ ފޯމެއް ފުރައިގެން ކައުންސިލުގެ ހުއްދަ ހޯދާށެވެ.

މައުޟޫޢުތަށް