ސިނަމާލެ އަދި މާލެހިޔާ ފްލެޓްތައް މަރާމާތުކުރާނެ ބަޔަކު ހޯދަން ކުރި އިއުލާން ބާތިލުކޮށްފި

އަދަދު

25 މާރިޗު 2026 | ބުދަ | 4:01

ބައުވެފައިވާ މާލެހިޔާ 1 އަދި 2 ފްލެޓްތަކާއި ސިނަމާލެ 1، 2، 3 އަދި 4 ގެ ފްލެޓްތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން ކުރި އިއުލާން ބާތިލުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން މާޗު 19، ގައި ފްލެޓްތައް މަރާމާތުކުރަން ކުރި އިއުލާނުގެ އިތުރުން އެ ފްލެޓްތަކުގެ ލިފްޓްތައް ސާވިސްކޮށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން ކުރި އިއުލާން ބާތިލުކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

މަރާމާތުގެ މަސައްކަތުގެ ތެރޭގައި ފްލެޓްތަކަށް ދިމާވެފައިވާ ގިނަ މައްސަލަތައް ފާހަގަކޮށް، އެ ހުރިހާ މައްސަލަތަކެއް ހައްލުކުރުމަށް ހިމަނާފައި އޮތެވެ.

މައުޟޫޢުތަށް