ރެފަރެންޑަމްއާ ގުޅިގެން ޔާމީންގެ ހާއްސަ ޖަލްސާ މާދަމާ ރޭ އާޓިފިޝަލް ބީޗުގައި

އަދަދު

25 މާރިޗު 2026 | ބުދަ | 8:20

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނަގާ ހިޔާލު ހޯދުމުގެ ވޯޓު (ރެފަރަންޑަމް) އާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން ބާއްވާ ހާއްސަ ޖަލްސާއެއް މާދަމާ ރޭ މާލޭ އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ޕީއެންއެފް އިން ބުނީ މާދަމާ ރޭ 20:30 ގައި ފެށުމަށް ތައްޔާރުވަމުންދާ މި ޖަލްސާއަކީ ރެފަރެންޑަމްއާ މެދު ޔާމީން ގެންގުޅުއްވާ ސިޔާސަތުތަކާއި، ގައުމުގެ މިހާރުގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ސަޕޯޓަރުންނަށް މުހިންމު މެސެޖުތަކެއް ދެއްވުމަށް ބާއްވާ ހަރަކާތެކެވެ.

މިއީ ޔާމީންގެ ޖަލްސާތައް ރޯދައަށް މެދުކަނޑާލުމަށް ފަހު ބާއްވާ ފުރަތަމަ ޖަލްސާ އެވެ.

މައުޟޫޢުތަށް