ފަނޑިޔާރުންނާ ހަމައަށް ނުގެންގޮސް ރެފަރެންޑަމާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ބޭރުކޮށްލުމުން ކަންބޮޑުވުން
އަދަދު
25 މާރިޗު 2026 | ބުދަ | 8:36
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފަރެންޑަމް) ނެގުމުގެ އިޖުރާއަތްތައް ކުރިއަށްގެންދަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ އަލީ ހުސައިން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކުރުމާ ގުޅިގެން އެ ކޯޓުގެ ކުރީގެ ބައެއް ފަނޑިޔާރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ނިންމީ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ރައުދާ ހައިދަރު އެވެ. އޭނާގެ ނިންމުމުގައި ވިދާޅުވެފައި ވަނީ އެ މައްސަލަ ބިނާކޮށްފައިވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
އެކަމާ ގުޅިގެން އެކްސްގައި ކަންބޮޑުވުން ފާޅުކުރެއްވި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުالله ދީދީ ވިދާޅުވި ގޮތުގައި އެ އެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކުރީ ދުނިޔޭގެ ސުޕްރީމް ކޯޓުތަކާއި ދުސްތޫރީ ކޯޓުތަކުގެ އާންމު ޕްރެކްޓިސްތަކާ މުޅިން ހިލާފަށެވެ.