ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުގެ ވެރިޔަކަށް ހުސައިން ރަޝީދު އައްޔަންކުރީ އުސޫލާ ހިލާފަށް!
އަދަދު
25 މާރިޗު 2026 | ބުދަ | 10:07
ފުލުހުންގެ އިދާރާގެ އެތެރޭގެ މިންގަނޑުތަކާއި އަހުލާގީ މައްސަލަތައް ބަލަހައްޓާ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުގެ ވެރިޔަކަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ރަޝީދު އައްޔަންކުރީ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ކަމަށް ތުހުމަތު ކުރެވިއްޖެ އެވެ.
އަދަދު އަށް މައުލޫމާތު ދިން އިތުބާރު ހުރި މަސްދަރުތަކުން ބުނީ ހުސައިން ރަޝީދަކީ މީގެ 10 އަހަރު ކުރިން އަހަރު ކުރިން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން މައްސަލައެއް ބަލައި، ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމަށެވެ.
މިފަދަ ރެކޯޑެއް އޮތް މީހަކު ފުލުހުންގެ އެންމެ ނުފޫޒުގަދަ އަދި ޒިންމާދާރު އެއް މަގާމަށް އައްޔަންކުރުމަކީ މުއައްސަސާގެ ގަވާއިދުތަކާ ހިލާފު ކަމެއް ކަމަށް މައުލޫމާތު ދިން ފަރާތްތަކުން ބުންޏެވެ. އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް ފަރާތްތަކުގެ ތެރޭގައި ފުލުހުންގެ ބައެއް އޮފިސަރުން ވެސް ހިމެނެ އެވެ.