ކުންފުނިތަކުގެ ޑިރެކްޓަރުންގެ މާލީ ބަޔާންތައް ދޭން ޕީސީބީން ދެކޮޅު ހަދައިފި
އަދަދު
26 މާރިޗު 2026 | ބުރާސްފަތި | 7:57
ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގައި ހިޔާނާތުގެ މައްސަލަތައް އިންތިހާއަށް ގޮސް، ކުންފުނީގެ ބައެއް އިސްވެރިން ނުހައްގު މުއްސަނދިކަން ހޯދާ ކަމަށް ތުހުމަތު ކުރެވިފައި ވާއިރު، ޑިރެކްޓަރުންގެ މާލީ ބަޔާންތައް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދޫކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) އިން ދެކޮޅު ހަދައިފި އެވެ.
ކުންފުނިތަކުގެ ޑިރެކްޓަރުންގެ މާލީ ބަޔާންތައް ހޯދުމަށް "އަދަދު" ނޫހުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅި ސުވާލުތަކަށް ޖަވާބު ނުދީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) އެ މައްސަލަ ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ނަމަވެސް އެ އޮފީހެއްގައި ހުންނަ މައުލޫމާތު ގާނޫނުގެ ދަށުން ދޫކުރުމަކީ ލާޒިމު ކަމެކެވެ.