ޕީޖީ އޮފީހުން އެދިގެން ފުވައްމުލަކު ޑްރަގް ނެޓްވޯކުގެ ބޮޑުން ބަންދުން ދޫކޮށްލައިފި

އަދަދު

26 މާރިޗު 2026 | ބުރާސްފަތި | 5:15

ޏ. ފުވައްމުލަކުގައި ފުޅާ ދާއިރާއަކަށް މަސްތުވާތަކެތީގެ ވިޔަފާރި ކުރި ނެޓްވޯކެއްގެ އެންމެ އިސްކޮށް ހަރަކާތްތެރިވި ދެ މީހަކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން ބަންދުން ދޫކޮށްލައިފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގައި އެ ނެޓްވޯކުން ލިބުނު ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނިކޮށް ދައުވާ ކޮށްފައިވަނިކޮށް ބަންދުން ދޫކުރީ ޏ. ފުވައްމުލައް، ދޫޑިގަން، ކަރަންކާވިލާ، އަހްމަދު ނިއުޝާދު، 34، އަދި ޏ. ފުވައްމުލައް، ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމް، 29، އެވެ.

އެމީހުން ބަންދުން ދޫކޮށްލިއިރު، ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) ވަނީ ވަރަށް ގާތްވެފަ އެވެ. އިންތިހާބު އޮންނާނީ އޭޕްރީލް 4، ގަ އެވެ.

މައުޟޫޢުތަށް