އިންތިހާބާ ދިމާކޮށް އާރްޑީސީން ޕްރޮމޯޝަން ދޭ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
އަދަދު
27 މާރިޗު 2026 | ހުކުރު | 12:35
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) އާ ދިމާކޮށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ޕްރޮމޯޝަން ދެމުންދާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަ ޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް މިއަދު ހުށަހަޅައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހުށަހެޅުއްވި އެ މައްސަލައިގައި ބުނެފައި ވަނީ އާރްޑިސީން ހަމައެއް ލަމައެއް ނެތި ޕްރޮމޯޝަންތައް ދޭ މައްސަލައިގައި މައުލޫމާތުތައް ހޯދުމަށް އެދޭ ކަމަށެވެ.
މީކާއިލް ހޯދަން އެދުނު މައުލޫމާތުގެ ތެރޭގައި އާރްޑީސީގެ އެޗްއާރް ޕޮލިސީ އާއި އޯގަނައިޒޭޝަން ސްޓްރަކްޗާ، މޭން ޕަވާގެ ތަފްސީލް، ޖޮބް ކްލެސިފިކޭޝަން ފްރޭމްވޯކް، ބަޖެޓުގެ ތަފްސީލް، ޕްރޮމޯޝަން އަދި ހެޑް ހަންޓް، ކުރީގެ އާރްޑީސީ މުވައްޒަފުންގެ ރެކޯޑު، އެމްޑީސް ބިއުރޯ ޑިވިޝަންގެ މުވައްޒަފުންގެ ތަފްސީލް ހިމެނެ އެވެ.