18 ރަށެއްގެ ސިއްހީ ހިދުމަތްދޭ އިމާރާތްތަކުގެ މަސައްކަތް ހަވާލުކޮށްފި

އަވަސް

29 މޭ 2025 | ބުރާސްފަތި | 9:46

ރާއްޖޭގެ 18 ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތްކުރުމުގެ މަސައްކަތް ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އިތުރުން ފެނަކަ ކޯޕަރޭޝަނާ އެވެ. އާރްޑީސީއާ ހަވާލުކޮށްފައިވަނީ ހަތަރު ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އިމާރާތުގެ މަސައްކަތެވެ. މި މަސައްކަތްތަކުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް އެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އައްބާސް އަލީ ނަސީރު އެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ފަސް ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތް ކުރުމުގެ މަޝްރޫއެވެ. މި މަސައްކަތްތަކުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔަޑް އަހުމަދު ސައުދީ އެވެ.

މައުޟޫޢުތަށް