ޑިފެންސުން ހަރަދު ކުރި ގޮތް ރަނގަޅު

އަވަސް

29 މޭ 2025 | ބުރާސްފަތި | 2:57

ޑިފެންސް މިނިސްޓްރީން 2023 ވަނަ އަހަރު ހަރަދުކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓުން ދައްކައިފި އެވެ.

އޮޑިޓާ ޖެނަރަލް އޮފީހުން ނެރެފައިވާ "މިނިސްޓްރީ އޮފް ޑިފެންސްގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓު"ގައި ބުނެފައިވަނީ އެ އަހަރަށް ފާސްކޮށްފައި އޮތް ބަޖެޓާއި ޑިފެންސް މިނިސްޓްރީން ހަރަދުކޮށްފައިވާ ގޮތަށް ބަލާއިރު މައްސަލައެއް ފާހަގަވެފައި ނުވާ ކަމަށެވެ. ޑިފެންސް މިނިސްޓްރީން 2023 ވަނަ އަހަރު ހަރަދުކުރީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު އެހެނިހެން މާލީ މުއާމަލާތްތައްވެސް ކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް ރިޕޯޓްގައިވެ އެވެ. ޑިފެންސް މިނިސްޓްރީގެ 2023 ވަނަ އަހަރުގެ ބަޖެޓުން 48.6 މިލިއަން ރުފިޔާ ހަރަދުކުރިއިރު އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 16.3 މިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 646،151 ރުފިޔާ އެވެ. ޑިފެންސް މިނިސްޓްރީއަށް 2023 ވަނަ އަހަރު ހިލޭ އެހީ ދީފައިވަނީ އދ. އާއި އިންޑިއާ ސަރުކާރުންނެވެ.

މައުޟޫޢުތަށް