ޕީއެސްޖީއިން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

އަވަސް

1 ޖޫން 2025 | އާދިއްތަ | 11:25

ފްރާންސްގެ ޕީއެސްޖީ އިން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.

އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށް ރޭ ޖަރުމަނުގައި ކުޅުނު ފައިނަލް މެޗުގައި ޕީއެސްޖީ ޗެމްޕިއަންކަން ހޯދީ 5-0 ގެ ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މިއީ ޔޫއެފާގެ ފައިނަލެއްގައި ނިކުން އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. މެޗު ކުޅުނީ ޖަރުމަނުގެ އެލިއަންޒް އެރީނާގައި ގާތްގަނޑަކަށް 75,000 ސަޕޯޓަރުންގެ ކުރިމަތީގަ އެވެ. މެޗުގެ 12 ވަނަ މިނިޓުގައި އަޝްރަފް ހަކީމީ ދިން ބޯޅައަކުން 19 އަހަރުގެ ޑިސިޔޭ ޑުއޭ ޕީއެސްޖީއަށް ފުރަތަމަ ލަނޑު ޖަހައިދިނެވެ. އޭގެ އަށް މިނިޓު ފަހުން ޑިސިޔޭ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ މެދުގައިވާ ފަރަގު ބޮޑުކުރި އެވެ. ދެވަނަ ހާފުގައި ޕީއެސްޖީ އިން މެޗު ކޮންޓްރޯލްކޮށް އިންޓަ މިލާންއަށް އިތުރަށް ބާރުބޮޑުކުރުވި އެވެ. އެގޮތުން މެޗުގެ 73 ވަނަ މިނިޓުގައި ކްވިޗާ ކްވަރަޓްސްކޭލިއާ ހަތަރުވަނަ ލަނޑު ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްލި އެވެ. މި މެޗުގެ ފަހު ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި ސެނީ މަޔޫލޫ އެވެ. ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ވެފައިވަނީ ދެ ކްލަބަކާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ހަވަނަ ކޯޗަށެވެ. އޭނާ ވަނީ 2015 އަހަރު ބާސެލޯނާއަށް ވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. ފައިނަލް މެޗުގައި އިންޓަ ބަލިވުމުން އެ ޓީމުގެ ކޯޗު ސިމޯން އިންޒާގީގެ މުސްތަގުބަލާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

މައުޟޫޢުތަށް