ސްޓެލްކޯ އިން މާފުށީގައި ހުރި ޖަނަރޭޓަރު ސެޓް އޯވަހޯލްކޮށްފި
އަވަސް
1 ޖޫން 2025 | އާދިއްތަ | 11:10
ކ. މާފުށީގައި ހުރި ޖަނަރޭޓަރު ސެޓްގެ އޯވަހޯލްގެ މަސައްކަތް ސްޓެލްކޯ އިން ނިންމާލައިފި އެވެ.
ސްޓެލްކޯ އިން ބުނީ މާފުށީގައި އެ ކުންފުނިން ދެމުންގެންދާ ކަރަންޓުގެ ހިދުމަތް މެދުނުކެނޑި އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ގޮތުން މާފުށީގެ 1.6 މެގަވޮޓްގެ ކެޓަޕިލާ ޖަނަރޭޓަރުސެޓްގެ އޯވަހޯލް ނިންމާ މިހާރު ވަނީ ބޭނުން ކުރަން ފަށާފަ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.
މާފުއްޓަކީ ގިނަ އަދަދެއްގެ ގެސްޓްހައުސްތައްވެސް ހިންގަމުންދާ ރަށެކެވެ. މާފުއްޓަށް ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ޒިޔާރަތްކުރާއިރު ކަރަންޓް ލޯޑް ބޮޑުވެ އެވެ.