ކްރޮސްރޯޑްސް ސްޓްރީޓް މާކެޓް މި ފަހަރު އީދު ކުޅިވަރުތަކާއެކު

އަވަސް

4 ޖޫން 2025 | ބުދަ | 11:54

އީދު ފާހަގަކުރުމުގެ ހަރަކާތްތަކާއެކު މި ފަހަރުގެ ސްޓްރީޓް މާކެޓް ވަރަށް ހާއްސަވާނެ ކަމަށް ކްރޮސްރޯޑްސް މޯލްޑިވްސް އިން ބުނެފި އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި އީދު ފާހަގަކުރުމުގެ ގޮތުން ބޮޑުމަސް މާލި ޕެރޭޑެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޕެރޭޑް ނިންމުމަށް ހަމަޖެހިފައިވަނީ ސްޓްރީޓް މާކެޓް ބާއްވާ ސަރަހައްދަށެވެ. ސްޓްރީޓް މާކެޓް އޮންނާނީ ޖޫން 6 ވަނަ ދުވަހު ހަވީރު 4:30 އިން ފެށިގެން ދަ މެރީނާ ކްރޮސްރޯޑްސް މޯލްޑިވްސްގެ ބީޗް ކްލަބް ކުރިމަތީގަ އެވެ. ސްޓްރީޓް މާކެޓްގައި ސްޓްރީޓް ފުޑް އަދި ލޯކަލް އާޓް އެންޑް ކްރާފްޓް އުފެއްދުންތައް ހުންނާނެ އެވެ. މި މާކެޓް ކުރިއަށްދާނީ ލައިވް އެންޓަޓެއިންމެންޓާއެކު އެވެ. ކްރޮސްރޯޑްސްއަށް ޒިޔާރަތްކުރަން ބޭނުންވާ މީހުން ކްރޮސްރޯޑްސްގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ފެރީ ބުކް ކުރެވޭނެ އެވެ.

ސްޓްރީޓް މާކެޓަކީ އާޓް އެންޑް ކްރާފްޓް އުފެއްދުންތައް އުފައްދާ ހުނަރުވެރިންގެ އުފެއްދުންތައް ވިއްކަން ކްރޮސްރޯޑްސް މޯލްޑިވްސް އިން ހިލޭ ހުޅުވާލާފައިވާ ފުރުސަތެކެވެ. ސްޓްރީޓް މާކެޓްގައި އުފެއްދުންތައް ވިއްކަން އެއްވެސް ފީ އެއް ކްރޮސްރޯޑްސް މޯލްޑިވްސް އިން ނުނަގަ އެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގެ އިތުރު މައުލޫމާތު އަދި ސްޓްރީޓް މާކެޓްގެ އިތުރު މައުލޫމާތު ހޮޓްލައިން 7307000 އަށް ގުޅުމުން އަދި ވައިބާ ނުވަތަ ވަޓްސްއެޕް ކުރުމުން ލިބޭނެ އެވެ.

މައުޟޫޢުތަށް