ބޮޑު އީދުގައި 65 ރަށެއްގައި އީދު ލައިޓް ދިއްލާނެ: އާދަމް ޝަރީފް

އަވަސް

2 ޖޫން 2025 | ހޯމަ | 11:18

މި އަހަރުގެ އަޟްހާ އީދު ނުވަތަ ބޮޑު އީދު ފާގަހަކުރުމުގެ ގޮތުން ޖުމުލަ 65 ރަށެއްގައި އީދު ލައިޓް ދިއްލާނެ ކަމަށް ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކުރިންވެސް އީދު ލައިޓް ދިއްލާފައިވާ 29 ރަށާއެކު، މި އަހަރު ޖުމްލަ 36 ރަށެއްގައި އީދު ލައިޓް ދިއްލާ އީދު ކުލަ ގަދަ ގޮތެއްގައި ފާހަގަކުރާނެ ކަމަށެވެ. ރާއްޖޭގެ 80 އިންސައްތަ އާބާދީއަށް އީދު ޒީނަތްތެރި ކުރުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދީ، އިސްލާމީ ސަގާފަތް ދިރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އީދު ލައިޓްތަކުގެ މި ޕްރޮގްރާމް ފުރަތަމަ ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު އެވެ.

މައުޟޫޢުތަށް