އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް އދ. އަތޮޅު ކައުންސިލުން ފަށައިފި
އަވަސް
2 ޖޫން 2025 | ހޯމަ | 12:33
އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް އދ. އަތޮޅު ކައުންސިލުން ފަށައިފި އެވެ.
ކޮންމެ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓް ދޫކުރުމުގެ ހިދުމަތް ފެށުމަކީ މިސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނީ އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް އދ. އަތޮޅު ކައުންސިލުން ފެށުމާ ގުޅިގެން އެ އަތޮޅުގެ ރައްޔިތުންނަށް އެ އަތޮޅުން މިހާރު ހިދުމަތް ލިބޭނެ ކަމަށެވެ. އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ބައެއް އެހެން އަތޮޅުތަކުގައިވެސް ވަނީ ފަށާފަ އެވެ. މީގެއިތުރުން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އެ ގައުމުގައި ތިބެގން އައިޑީކާޑުގެ ހިދުމަތްތައް ލިބޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފަ އެވެ.