ޔުރޭނިއަމް މުއްސަނދިކުރަން އީރާނަށް ކުޑަވެސް ފުރުސަތެއް ނުދޭނަން: ޓްރަމްޕް
އަވަސް
3 ޖޫން 2025 | އަންގާރަ | 11:20
ޔުރޭނިއަމް މުއްސަނދިކުރަން ކުޑަވެސް ފުރުސަތެއް އޮންނަ ގޮތަށް އީޜާނާ އެކު ނިއުކްލިއާ އެއްބަސްވުމެއް އެމެރިކާއިން ނުހަދާނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓުރުތު ސޯޝަލްގައި މެސެޖުކުރައްވައި ޓްރަމްޕް ވިދާޅުވި ގޮތުން އެމެރިކާއަށް އޮޅިގެންވެސް އީރާން ނިއުކްލިއާ ބާރަކަށް ވާން ތަން ނުދޭނެ އެވެ. އެއްބަސްވުންތަކަކީ އޮޓަމެޓިކުން ސޮއިކުރެވޭ ލިޔުންތަކަކަށް ހެދޭނެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ޓްރަމް މި މޭރުވުމުން ވާހަކަދެއްކެވި ސަބަބަކީ، އީރާން ނިއުކްލިއާ އެއްބަސްވުމާ ބެހޭ ގޮތުން މީޑިއާތަކުން ދެއްކި ވާހަކަތަކެކެވެ. ބައެއް މީޑިއާތަކުން ވަނީ އީރާނަށް ވަކި ވަރަކަށް ޔޫރޭނިއަމް ފައްކާކުރެވޭ ގޮތަށް އެމެރިކާ އެއްބަސްވާނެ ކަމަށް ބުނެފަ އެވެ.
އެއީ މަދު އަދަދެއް ނަމަ އަދި މަދަނީ ބޭނުންތަކަށް ޔޫރޭނިއަމް މުއްސަނދިކުރުން އެމެރިކާއިން މައްސަލައަކަށް ނުހަދާނެ ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ބުނެ ވާހަކަދައްކާފަ އެވެ. ޓްރަމްޕް ވިދާޅުވި ގޮތުން އީޜާންއާ އެކު އެއްބަސްވުމެއް ހެދުމުގެ ބޭނުމަކީވެސް، ޔޫރޭނިއަމް މުއްސަދިކުރަން އެ ގައުމުން ކުރާ މަސައްކަތްތައް ހުއްޓުވުމެވެ. އަދި ނިއުކްލިއާ ދިރާސާތައް ހުއްޓުވައި، އަސްކަރީ ދަރަޖައަށް އުފެއްދުންތައް ތަރައްގީކުރަން ކުރާ މަސައްކަތްތައް ވެސް ހުއްޓުވުމެވެ