މޯލްޑިވިއަންއަށް އާ އޭޓީއާރް ފްލައިޓެއް ގެންނަނީ
އަވަސް
4 ޖޫން 2025 | ބުދަ | 9:31
ގައުމީ އެއާލައިން -- މޯލްޑިވިއަންއަށް އާ އޭޓީއާރް ފްލައިޓެއް ގެންނަން ތައްޔާރުވެއްޖެ އެވެ.
މިއީ އެ އެއާލައިނަށް ގެންނަ ފަސް ވަނަ އޭޓީއާރް ފްލައިޓެވެ. މޯލްޑިވިއަންއަށް ފުރަތަމަ އޭޓީއާރް މަތިންދާބޯޓު ގެނެސްފައިވަނީ 2023 ވަނަ އަހަރު އެވެެ. އެ އެއާލައިނުން މިހާރުވެސް ދަނީ އޭޓީއާރް72 މަރުކާގެ 70 ފަސިންޖަރުންގެ ފްލައިޓާއި އޭޓީއާރް42 މަރުކާގެ 46 ފަސިންޖަރުންގެ ފްލައިޓް ބޭނުންކުރަމުންނެވެ. މޯލްޑިވިއަން އިން މިހާރުވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ 17 އެއާޕޯޓަކަށް ދަތުރުކުރެ އެވެ. އޭޓީއާރް ފްލައިޓްގެ އިތުރުން މޯލްޑިވިއަންގެ ފްލީޓްގައި ޑޭޝް8 މަރުކާގެ ފްލައިޓާއި ސީޕްލޭންގެ އިތުރުން އެއާބަސް ފްލައިޓެއް ހިމެނެ އެވެ.