އާއިލާއާއެކު އީދު ފާހަގަކޮށްލުމަށް ކްރޮސްރޯޑްސްގައި ގިނަ ހަރަކާތްތަކެއް

އަވަސް

4 ޖޫން 2025 | ބުދަ | 11:52

އާއިލާ އާއި ރައްޓެހިންނާއެކު ބައިވެރިވެވޭ ގިނަ ހަރަކާތްތަކެއް ބޮޑު އީދުގައި ކްރޮސްރޯޑްސް މޯލްޑިވްސްގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.

"އީދު އުފާ" ގެ ނަމުގައި ބާއްވާ މި ހަރަކާތްތައް އޮންނާނީ އީދު ދުވަހާއި [ހުކުރު ދުވަސް] ހޮނިހިރު ދުވަހު އެވެ. މީގެ އިތުރުން މިފަހަރުގެ އީދު ދުވަސް ދިމާވަނީ ކްރޮސްރޯޑްސްގެ ސްޓްރީޓް މާކެޓް ބާއްވާ ދުވަހާ އެވެ.

އެހެންކަމުން އީދު ދުވަހު ހެނދުނު ކްރޮސްރޯޑްސްއަށް ގޮސް އާއިލާ އާއި ރައްޓެހިންނާއެކު އީދު ފާހަގަކޮށްލުމަށްފަހު އަދި ސްޓްރީޓް މާކެޓްގައި ބައިވެރިވުމަށްފަހު ރޭގަނޑު އެނބުރި އާދެވޭނެ އެވެ. ކްރޮސްރޯޑްސްއަށް ދާން ބޭނުންވާ މީހުންނަށް އޮންލައިންކޮށް ދަތުރު ބުކްކުރެވޭނެ އެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގެ އިތުރު މައުލޫމާތު އަދި ސްޓްރީޓް މާކެޓްގެ އިތުރު މައުލޫމާތު ހޮޓްލައިން 7307000 އަށް ގުޅުމުން އަދި ވައިބާ ނުވަތަ ވަޓްސްއެޕް ކުރުމުން ލިބޭނެ އެވެ.

މައުޟޫޢުތަށް