މިޝްކާ ބޭނުންވަނީ ކޭކަކުން ވާހަކައެއް ކިޔައިދޭން

އަވަސް

6 ޖޫން 2025 | ހުކުރު | 3:28

ކޭ ކަކުން ވާހަކައެއް ކިޔައިދެވިދާނެ ހެއްޔެވެ؟ އެކަމަކު އުމުރުން 18 އަހަރުގެ މިޝްކާ އަލީ ސަމީރު ބޭނުންވަނީ ކޭކަކުން ވާހަކައެއް ކިޔައިދޭށެވެ. އެއީ ކުރެވިދާނެ ކަމެއްކަން މިޝްކާ ދަނީ ސާބިތުވެސް ކޮށްދެމުންނެވެ.

މޯލްޑިވްސް އެކްސްޕޯގައި ގިނަ ބައެއްގެ ސަމާލުކަން ލިބުނު "މާކަނާ ކަލޯ" ކޭކަކީކީ މިޝްކާގެ ވަރަށް ފުރިހަމަ މަސައްކަތެކެވެ. "އެ ކޭކަކީ ދިވެހިރާއްޖޭގެ ރީތިކަމާއި ރަށްރަށުގެ މަންޒަރު ދައްކުވައިދޭ ކޭކް މާކަނާ ކަލޯ،" ކޭކުން ކިޔައިދޭ ވާހަކައާ ގުޅޭ ގޮތުން މިޝްކާ "އަވަސް" އަށް ބުންޏެވެ.

މިޝްކާ "މާކަނާ ކަލޯ" ކޭކް އެޅީ މެލޭޝިއާގައި ކިޔަވަމުން ލިބުނު ސެމިސްޓާ ބްރޭކެއްގައި މާލެ އައިސް އޭނާގެ މަންމަގެ ހާއްސަ އެދުމަކަަށެވެ. މިޝްކާގެ މާކަނާ ކަލޯ ކޭކަކީ ގާތްގަނޑަކަށް ފަސް ވަރަކަށް ދުވަހުގެ ބުރަ މަސައްކަތެވެ. އެ ކޭކު ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އެވެ. ކަލިނަރީ ދާއިރާއިން ކިޔަވަމުންދާ މިޝްކާ ކޭކް އެޅުމަށް ޝައުގުވެރިކަން އުފެދުނީ މިޝްކާގެ މަންމަވެސް އެ މަސައްކަތްކުރާތީ އުމުރުން އެންމެ 10 އަހަރުގަ އެވެ.

މައުޟޫޢުތަށް