އުމުރު ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުން ދިޔަ މީހަކު މަރުވެއްޖެ
އަވަސް
5 ޖޫން 2025 | ބުރާސްފަތި | 11:45
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ މީހަކު މަރުވެއްޖެ އެވެ.
ރޭ މެންދަމުގެ ވަގުތެއްގައި މަރުވެފައިވަނީ ނ. މާފަރު، ހިތްފަސޭހަގެ، މޫސާ ހަސަން (45އ) އެވެ. މޫސަ އަކީ މަސްތުވާތަކެތީ މައްސަލައެއްގައި 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހެކެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މޫސާ ހަސަންއަކީ މިދިޔަ އޭޕްރީލް މަހު ކުއްލި ހާލަތުގައި މާލޭ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ފަރުވާ ދެމުން ދިޔަ މީހެއް ކަމަށެވެ. ރޭ މެންދަމުގެ ވަގުތެއްގައި އޭނާ މަރުވީވެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ހިތް ހުއްޓިގެން ކަމަށެވެ. މޫސަ މަރުވުމާ ގުޅިގެން އެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާނެ ކަމަށްވެސް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.