ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ބޮޑު އީދަށް ހާއްސަ އޮފާތަކެއް

އަވަސް

5 ޖޫން 2025 | ބުރާސްފަތި | 6:41

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ބޮޑު އީދަށް ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި އެވެ.

މި އޮފާތަކާއެކު ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އަދި އަލަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންގެ ބްރައުޒިން، ސްޓްރީމިން އަދި ސޯޝަލް މީޑިއާގެ ބޭނުންތަކަށް އިތުރު ޑޭޓާ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެފައިވެ އެވެ.

ދިރާގުން ބުނި ގޮތުގައި މި ހުރިހާ އޮފާތަކެއްވެސް މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރެވޭނެ އެވެ. އަދި، އަޕްގްރޭޑްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އަޕްގްރޭޑްކޮށްލެވޭނެ ކަމަށްވެސް ދިރާގުން ބުނެފައިވެ އެވެ. ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.

މައުޟޫޢުތަށް