ސްޕެއިނުން ޔުއެފާ ނޭޝަންސް ލީގު ތަށި ދިފާއުކުރަން ފައިނަލަށް

އަވަސް

6 ޖޫން 2025 | ހުކުރު | 4:16

ސްޕެއިނުން ޔުއެފާ ނޭޝަންސް ލީގު ތަށި ދިފާއުކުރުމުގެ ފުރުސަތު ހޯދައިފި އެވެ.

މި މެޗު ކުޅުނީ ރޭ ރާއްޖެ ގަޑިން މެންދަމުގެ ވަގުތުގައި ފްރާންސްގެ ވެރިރަށް ޕެރިސްގައި ހުންނަ ސްޓޭޑް ޑެ ފްރާންސް ސްޓޭޑިއަމް ގައެވެ. މި މެޗުގައި ސްޕެއިނުގެ ފަރާތުން ގޯލު ޖެހީ ޔެރެމީ ޕިނޯ އާއި ސަރްޖިއޯ ރަމޮސް އެވެ. އަދި ފްރާންސްގެ ފަރާތުން ގޯލު ޖެހީ ޖޯސެލިންޓޯ އާއި ކިލިއަން އެމްބާޕޭ އެވެ. މެޗުގެ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި ވުމާއެކު، ސްޕޭނުން މެޗު ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެންނެވެ. ސްޕެއިނުން އެންމެ ފަހުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މީގެ އެއް އަހަރު ކުރިން ބޭއްވި ފައިނަލްގައި ކްރޮއޭޝިއާ ބަލިކޮށްގެންނެވެ. މީގެ ކުރިން ސްޕެއިނާއި ޕޯޗުގަލް އަދި ފްރާންސްވެސް ވަނީ މި ތަށި ހޯދާފަ އެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މިއަންނަ އާދީއްތަ ދުވަހު ރޭ ނެދަލޭންޑްސްގެ ރޮޓަޑޭމް ސިޓީގައި ހުންނަ ޑެ ކުއިޕް ސްޓޭޑިއަމް ގައެވެ. މި މެޗުގައި ސްޕެއިން ކުޅޭނީ ޕޯޗުގަލްއާ ދެކޮޅަށެވެ. ޕޯޗުގަލް ފައިނަލްއަށް ދިޔައީ ޖަރުމަނު ބަލިކޮށްފަ އެވެ.

މައުޟޫޢުތަށް