ހުޅުމާލޭގައި އުޅަނދު ދުއްވޭނެ، މާލެ އާއި ވިލިމާލޭގައި މަނާ
އަވަސް
6 ޖޫން 2025 | ހުކުރު | 3:14
އީދު ދުވަހާ ގުޅިގެން މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާ ވާނީ ހަމައެކަނި މާލެ އާއި ވިލިމާލޭގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
މާލެ ސިޓީ ކައުންސިލުން ކުރިން ނިންމާފައި އޮތީ މާލެ ސަރަހައްދުގައި މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމަށެވެ. ކައުންސިލްގެ ނިންމުން އޮތް ގޮތުން ބައެއް މީހުންނަށް އޮޅުން އަރާތީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުލުހުންވެސް ބުނީ މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާ ވާނީ މާލެ އާއި ވިލިމާލޭގައި ކަމަށެވެ. އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑީގައި އުޅަނދު ދުއްވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ މާލެ ސަރަހައްދުގައި ފިތުރު އީދު ދުވަހުވެސް އެއްގަމު އުޅަނދު ދުއްވުން މަނާކުރި އެވެ. ނަމަވެސް ފަހު ވަގުތު އެ ނިންމުން ބާތިލްކުރި އެވެ.