ލަލީގާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރަފީނިޔާއަށް
އަވަސް
7 ޖޫން 2025 | ހޮނިހިރު | 10:00
ބާސެލޯނާގެ ފޯވަޑް ރަފީނިޔާ މިއަހަރުގެ ލަލީގާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފި އެވެ.
މި މަގާމަށް ދެން ވާދަކުރި އެހެން ކުޅުންތެރިންގެ ތެރޭގައި ލަމީން ޔަމާލް، ރޮބަޓް ލެވަންޑޮވްސްކީ، ކިލިއަން އެމްބާޕޭ، ޖޫޑް ބެލިންގްހަމް، ވިނީސިއަސް ޖޫނިއަ، ޕެޑްރީ އަދި އިސްކޯ ފަދަ މަޝްހޫރު ކުޅުންތެރިން ހިމެނެ އެވެ. ރަފީނިޔާ ގެންދަނީ ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ 18 ގޯލު ޖަހައި، 11 އެސިސްޓް ދީފަ އެވެ. އަދި ޓީމުގެ އެޓޭކިންގައި އިސް ދައުރެއް އަދާކޮށްފަ އެވެ. މީގެއިތުރުން 2025 ވަނަ އަހަރުގެ ބެލަންޑިއޯ އެވޯޑަށް ވާދަކުރާނެ ކަމަށް ބެލެވޭ 17 އަހަރުގެ ޓީނޭޖް ސުޕަސްޓާ ލަމީން ޔަމާލް ވަނީ އުމުރުން 23 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ފަޚުރުވެރި މަގާމު ހޯދާފަ އެވެ.