އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ

އަވަސް

7 ޖޫން 2025 | ހޮނިހިރު | 5:19

ރާއްޖެއަށް މި އަހަރު އަންނަ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އެއް މިލިއަން ވަނަ ފަތުރުވެރިޔާގެ ގޮތުގައި ރާއްޖެ އައީ ކާޖަލް ސިންގް ނަމަކަށް ކިޔާ އިންޑިއާ ފަތުރުވެރިއެކެވެ. މިއީ ކާޖަލް ރާއްޖެ އައި ފުރަތަމަ ފަހަރެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އާއި އެމްއޭސީއެލްގެ އިތުރުން އެމްއެމްޕީއާރުސީގެ އިސްވެރިން ބައިވެރިވެވަޑައިގެން އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔާފައިވެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް މިހާރު ދުވާލަކު 4،533 މީހުން އާދެ އެވެ. ރާއްޖެއަށް މިވަގުތު އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، އިޓަލީ އަދި ޖަރުމަނުންވެ. ސަރުކާރުގެ މިއަހަރުގެ އަމާޒަކީ 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

މައުޟޫޢުތަށް