އިންޓަނޭޝަނަލް ޔޫތު ބެޑްމިންޓަންގައި ތިން ގޯލްޑް މެޑަލް ހޯދައި، ލައިބާ ތާރީހުގެ ތެރެއަށް
އަވަސް
8 ޖޫން 2025 | އާދިއްތަ | 6:21
ރާއްޖޭގެ އުއްމީދީ ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަހްމަދު މަޚްލޫފް ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ ޔޫތު ބެޑްމިންޓަން މުބާރާތެއްގައި ރަން މެޑަލް ހޯދައިފި އެވެ.
ލައިބާ މި ކާމިޔާބީ ލައިބާ ހޯދީ އާމީނިއާގައި ކުރިއަށްދާ ޔޫތު އޯޕަން ބެޑްމިންޓަން މުބާރާތުގައެވެ. ލައިބާ ވަނީ މި މުބާރާތުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓްތަކުން ޖުމްލަ ތިން ރަން މެޑަލް ހޯދާފަ އެވެ. މިއީ ދިވެހި ބެޑްމިންޓަން ތާރީހުގައިވެސް އެއް މުބާރާތަކުން ދިވެހި ކުޅުންތެރިޔަކު ހޯދި އެންމެ ބޮޑު ކާމިޔާބެވެ. ދިވެހިރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ ލައިބާގެ މި ކާމިޔާބީއަކީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. ލައިބާ މީގެ ކުރިންވެސް ބައިނަލްއަގްވާމީ މުބާރާތްތަކުން ސިލްވަ އަދި ބްރޯންޒް މެޑަލް ހޯދައި ރާއްޖެއަށް ރީތި ނަން ހޯދައިދީފަ އެވެ.