ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ

އަވަސް

13 ޖޫން 2025 | ހުކުރު | 8:24

ފީނަން ފޭބި ފަހުން ގެއްލުނު ޖަޕާން ފަތުރުވެރިޔާ ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން މިއަދުގެ ހަވީރު 5:17 ހާއިރު ފަތުރުވެރިޔާ ހޯދައި މޫދުން ނަގާފައިވާ ކަމަށެވެ. އެމީހާ މޫދުން ނަގައިގެން މާފުށީ ހޮސްޕިޓަލަށް ގެންދިޔައިރު މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. ފަތުރުވެރިޔާ ގެއްލުނީ މިއަދު ހެނދުނު ކ. މާފުށީ ކައިރީގައި އޮންނަ ކަނޑޫމާ ތިލަ ކައިރީގައި ފީނަމުން ދަނިކޮށެވެ. ރާއްޖޭގައި ފީނަނިކޮށް ފަތުރުވެރިންނަށް ސިއްހީ އެކި މައްސަލަތައް ދިމާވުމާއި އަދި ބައެއް ފަހަރު މީހުން މަރުވުމަކީ ހިނގަމުންދާ ހާދިސާތަކެކެވެ.

މައުޟޫޢުތަށް