ޑޮލަރު އާމްދަނީ 35 ޕަސެންޓް އިތުރުވެއްޖެ

އަވަސް

14 ޖޫން 2025 | ހޮނިހިރު | 8:43

ދައުލަތަށް މި އަހަރުގެ މޭ މަހުގެ ނިޔަލަށް ޑޮލަރުން ލިބުނު އާމްދަނީ 35 ޕަސެންޓް އިތުރުވެއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން މޭ މަހުގެ ނިޔަލަށް 655 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބުނެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 484 މިލިއަން ޑޮލަރުގަ އެވެ. ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ -- ޓީޖީއެސްޓީ އިންނެވެ. ޓީޖީއެސްޓީ އިން 361 މިލިއަން ޑޮލަރު ލިބުނުއިރު އިންކަމް ޓެކްސްގެ ގޮތުގައި 58 މިލިއަން ޑޮލަރު ލިބުނެވެ. މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 62 މިލިއަން ޑޮލަރު، ޑިޕާޗާ ޓެކްސްގެ ގޮތުގައި 48 މިލިއަން ޑޮލަރު އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައިވެސް 48 މިލިއަން ޑޮލަރު ލިބުނެވެ.

މައުޟޫޢުތަށް