މަތީ ތައުލީމަށް ހާއްސަ ކިޔު ސްޓަޑީގެ އިންޓަނޭޝަނަލް އެކްސްޕޯ މިމަހު 20 އަދި 21ގައި

އަވަސް

15 ޖޫން 2025 | އާދިއްތަ | 10:10

ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް އަމާޒުކޮށް ވަރަށް ހާއްސަ އެކްސްޕޯއެއް ބޭއްވުމަށް ކިޔު ސްޓަޑީއިން ތައްޔާރުވެއްޖެ އެވެ.

މާލޭގައި މިވަގުތު ހުރި އެންމެ ހިތްގައިމު އެއް ހޮޓާ ކަމުގައިވާ ބާސެލޯ ނަސަންދުރައިގެ ތަނަވަސް މާހައުލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯގައި 30 އަށްވުރެ ގިނަ އިންޓަނޭޝަނަލް ޔުނިވަސިޓީން ބައިވެރިވާނެ ކަމަށް އެ އެކްސްޕޯ އިންތިޒާމްކުރާ ކިޔު ސްޓަޑީ އިން ބުނެފައިވެ އެވެ.

މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 އަދި 21 ވަނަ ދުވަހު ހަވީރު 6:00 އިން ރޭގަނޑު 10:00 އަށެވެ. ދެ ދުވަހަށް ދެމިގެންދާ މި އެކްސްޕޯގައި މި ޔުނިވަސިޓީތަކުން ދިވެހި ދަރިވަރުންނަށް ލިބެން ހުރި ފުރުސަތުތަކުގެ މައުލޫމާތުތައް ފޯރުކޮށްދޭނެ އެވެ. މިކަހަލަ އެހެން އެކްސްޕޯތަކާއި މި އެކްސްޕޯ ތަފާތު ވާނެކަން ސްޓަޑީ އިން ވަނީ ފާހަގަކޮށްފަ އެވެ.

މައުޟޫޢުތަށް