ޓެކާސް ދިރާގު ރިސޯޓް ކަޕް މިއަދު ފަށަނީ
އަވަސް
15 ޖޫން 2025 | އާދިއްތަ | 3:00
ޓެކާސް ދިރާގު ރިސޯޓް ކަޕް މިއަދު ފަށާނެ އެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގެ ދި މެރީނާގައި ކުރިއަށްދާ މި މުބާރާތަކީ ޓެކާސް ސްޕޯޓްސް މެނޭޖްމަންޓް ކޮމްޕެނީން ރިސޯޓުތަކަށް ހާއްސަކޮށް އިންތިޒާމްކޮށްގެން އެކި ޒޯންތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. ރިސޯޓުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ކުޅިވަރުގެ ރޫހު އާލާ ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދިރާގުން ދަނީ ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތައް ކުރިއެރުވުމަށް ހިންގާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކުގައި ބައިވެރިވެ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.