އަނެއްކާވެސް އާރްޓީއެލްއާ ގުޅޭ ސްކޭމެއް، ސަމާލުވޭ

އަވަސް

17 ޖޫން 2025 | އަންގާރަ | 11:47

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އިން ހިލޭ ދަތުރުކުރެވޭ "ސްމާޓް ކާޑެއް" ވިއްކާ ކަމަށް ބުނެ ސްކޭމެއް ހިންގާތީ އެކަމަށް ސަމާލުވުމަށް އެމްޓީސީސީ އިން އަނެއްކާވެސް އިލްތިމާސްކޮށްފި އެވެ.

އެމްޓީސީސީ އިން ބުނީ "މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން "ސްމާޓް ކާޑް" އެއް ޕްރޮމޯޓް ކުރަމުންދާ ކަމަށެވެ. މިއީ 35.58ރ. ގެ ފީއެއް ދެއްކުމުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގައި ހަ މަހަށް ބޭނުން ވަރަކަށް ދަތުރުކުރެވޭނެ ކަމަށް ބުނެ ބަޔަކު ހިންގާ ސްކޭމެއް ކަމަށްވެސް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ. މީގެ ކުރިން، މި އަހަރުގެ ފެބްރުއަރީ މަހުވެސް މިފަދަ ސްކޭމެއް ހިންގާތީ ސަމާލުވުމަށް އެމްޓީސީސީ އިން އިލްތިމާސްކުރި އެވެ. އެމްޓީސީސީ އިން ބުނީ "މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ޕޭޖަކީ އެ ކުންފުންޏާ އެއްވެސް ގުޅުމެއް އޮތް ޕޭޖެއް ނޫން ކަމަށެވެ. އެމްޓީސީސީ އިން ވަނީ އެ ކުންފުނީގެ ރަސްމީ އެކައުންޓްތަކުން މައުލޫމާތު ކަށަވަރު ކުރުމަށާއި ޝައްކުކުރެވޭ އެއްވެސް ލިންކަކަށް ނުވަނުމަށް އެދިފަ އެވެ.

މައުޟޫޢުތަށް