ނާޒިމު ޗައިނާއަށް ވަޑައިގެންފި

އަވަސް

17 ޖޫން 2025 | އަންގާރަ | 8:15

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމު ރަސްމީ ދަތުރެއްގައި މިއަދު ޗައިނާއަށް ވަޑައިގެންފި އެވެ.

މިއީ ނުވަވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ އާއި ހަވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ. ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ އާއި ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމު މިއަދުން ފެށިގެން ކުރިއަށް އޮތް ހޮނިހިރު ދުވަހުގެ ނިޔަލަށް ޗައިނާގެ ކުންމިންގައެވެ. ނާޒިމުގެ މިދަތުރުގައި ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ އާއި ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމުގައި އެމަނިކުފާނު ތަގުރީރު ކުރައްވާނެ އެވެ. ނާޒިމުގެ އަރިހުގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އާއި ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރާއި ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީގެ އިތުރުން ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ބައިވެރިވެވަޑައިގަންނަވަ އެވެ.

މައުޟޫޢުތަށް