ބްރޯޑްކޮމްގެ މެންބަރު ކަމަށް ޒަމްއަތު އައްޔަންކުރައްވައިފި
އަވަސް
18 ޖޫން 2025 | ބުދަ | 4:40
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ގދ. ތިނަދޫ، މަލަ، ޒަމްއަތު އަހުމަދު ވަހީދު މިއަދު ޢައްޔަންކުރައްވައިފި އެވެ.
ޒަމްއަތު ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަންކުރައްވާ މަގާމުގެ ލިޔުން ހަވާލުކުރެއްވީ ރައީސް އޮފީހުގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. ބްރޯޑްކޮމްގެ މެންބަރު ކަމަށް ޒަމްއަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އެ ކޮމިޝަންގެ މެންބަރު ކަމަށް ޒަމްއަތު އައްޔަންކުރަން ފާސްވީ ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ އިއްތިފާގުންނެވެ. ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ޒަމްއަތު ވަނީ ދައުލަތުގެ މީޑިއާގެ އިތުރުން ބައެއް އަމިއްލަ މީޑިއާތަކުގައިވެސް މަސައްކަތް ކުރައްވާފަ އެވެ.