ޑިމޮކްރެޓްސްގެ ނިންމުމަށް އެމްޑީޕީން މަރުހަބާ ކިޔައިފި

އަވަސް

18 ޖޫން 2025 | ބުދަ | 11:37

ޑިމޮކްރެޓްސް ޕާޓީ އުވާލުމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ މެމްބަރުން އެމްޑީޕީއާ އަލުން ގުޅުމަށް ނިންމި ނިންމުމަށް އެމްޑީޕީން މަރުހަބާ ކިޔައިފި އެވެ.

ޑިމޮކްރެޓްސްގެ ނިންމުމަށް އެމްޑީޕީން މަރުހަބާކީ މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. ޑިމޮކްރެޓްސްގެ ނިންމުމަށް މަރުހަބާ ކިޔާ އެމްޑީޕީން މިރޭ ވަނީ ބަޔާނެއްވެސް ނެރެފަ އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި މިރޭ ވާހަކަދެއްކެވި ހުރިހާ މެންބަރުންހެން ޑިމޮކްރެޓްސްގެ ނިންމުމަށް ތާއީދުކޮށްފައިވާ ކަމަށް އެނގިފައިވެ އެވެ. ޑިމޮކްރެޓްސް ޕާޓީ އުވާލުމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ މެމްބަރުން އެމްޑީޕީއާ އަލުން ގުޅުމަށް ޑިމޮކްރެޓްސް އިން ގަރާރެއް ފާސްކުރީ އިއްޔެގައެވެ. ޑިމޮކްރެޓްސް ޕާޓީ އުވާލުމަށް ނިންމައި އެ ޕާޓީގެ ހުރިހާ މެންބަރުން އެމްޑީޕީއާ އަލުން ގުޅެން ނިންމާފައި މިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އަރިސް ބައެއް ބޭފުޅުންގެ ހިޔާލު ހޯއްދަވަމުން ގެންދަވާ ވަގުތެއްގައެވެ. ޑިމޮކްރެޓްސް އަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއަށްފަހު އުފެދުނު ހިޔާލުތަފާތުވުންތަކެއްގައި ނަޝީދު އަޑީގައި ހުންނަވައިގެން އުފެއްދި ޕާޓީ އެކެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ދަ ޑިމޮކްރެޓްސް ހިމަނާފައިވަނީ ޖުލައި 12، 2023 ގައެވެ. ޑިމޮކްރެޓްސްގައި މިވަގުތު ތިބީ 3،667 މެންބަރުންނެވެ.

މައުޟޫޢުތަށް